ކައުންސިލްގެ މަސްއޫލިއްޔަތާއި ބާރުތަށް

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/07 ގެ 23 ވަނަމާއްދާގައި ރަށު ކައުންސިލްގެ މަސްއޫލިއްޔަތާއި ބާރުތައް ކަމުގައި ބުނެ ކަނޑައަޅާފައިވާ ކަންތައްތައް ބަޔާންކޮށްފައި އެވަނީ އެވެ.

 1. ދިމިޤްރާތީ އަދި ޖަވާބުދާރީ ވަނިވިއުޞޫލުތަކުގެ މަތީން ކަންކަން ހިންގުން.
 2. އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމާއި، މުޖުތަމަޢުގެ ތަރައްޤީއަށް ބާރުއެޅުން.
 3. ޞިއްޙަތަށްރަގަނޅު، ރައްކާތެރި، ދިރޭތަކެތީގެ މުއްސަނދިކަން ރައްކާތެރިކުރެވޭ ތިމާވެއްޓެއް ޤާއިމްކޮށްފައި ބޭއްވުމަށް ބާރުއެޅުން.
 4. ޤާނޫނުން ކަނޑައަޅާ މިނޫންވެސް މަޤްޞަދުތައް ޙާޞިލްކުރުމަށް މަސައްކަތްކުރުން.
 5. ޤާނޫނު އަސާސީ އާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށްހިންގައިރ ަށްތަރައްޤީކޮށް، މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
 6. ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލާވާލައި، އެކުލަވާލެވޭޕްލޭން އަތޮޅުކައުންސިލަށް ފޮނުވުން             .
 7. ރަށުކައުންސިލުން އެކުލަވާލައި އަތޮޅުކައުންސިލަށް ފޮނުވާތަރައްޤީގެ ޕްލޭނަށްރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝަރޫޢުތަކުގެތެރެއިން ރަށުކައުންސިލުން ތަންފީޛުކުރުމަށް ރަށުކައުންސިލާ ސަރުކާރުންޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޛުކުރުން.
 8. ތަރައްޤީގެއެކިއެކިމަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅުކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުމުގައި އަތޮޅުކައުންސިލަށް ޖަވާބުދާރީވެ، މިނިސްޓްރީތަކުންނާއި އަތޮޅުކައުންސިލުން ކަނޑައަޅާ ގޮތަކަށް ޤަވާޢިދުން ރިޕޯރޓް ހުށަހެޅުން.
 9. ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށުކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އަކަށައަޅައި އެއާގުޅޭ ޤަވާޢިދު ހަދައި ހިންގުން.
 10. ލާމަރުކަޒީ ޤާނުނުގެ ދަށުން ރަށުކައުންސިލަށް ލިބިދީފައިވާބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށުގެރައްޔިތުންގެ ނަމުގައި ނިންމަންޖެހޭކަންކަން ނިންމުން.
 11. ރަށުގެރައްޔިތުންގެމާލިއްޔަތާއި އެންމެހާ ވަޞީލަތްތައް ބެލެހެއްޓުން.
 12. ދިވެހިރާއްޖެގެ ބިމާބެހޭޤާނޫނާއި އެހެނިހެން ޤާނޫނުތަކާއި އެއްގޮތް ވާގޮތުގެމަތިން އިޤްތިޞާދީ ނުވަތަ އިޖްތިމާޢީބޭނުންތަކަށް ކައުންސިލްގެނަމުގައި ބިންބިމާއި ފަޅާއި ފަރުހޯދުމާއި މިލްކުކުރުމާއި އަދި މިފަދަތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމައި، އަދި މިފަދަތަންތަނުގައި އިންވެސްޓްކުރުމާއި، މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
 13. އަތޮޅުކައުންސިލްގެލަފަޔާއި އިރުޝާދުގެމަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާއި ޙަވާލުކޮށްފައިވާ ފަޅާއި ބިން އެކިއެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި، ދިނުން.
 14. އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެނަމުގައި އުފުލޭއަދިނުއުފުލޭ މުދާހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުގައިވާ ގޮތުގެމަތިން އެހެންފަރާތް ފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
 15. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާފައިސާހޯދުމަށް ޤާނޫނުގައި ކަނޑައާޅާފައިވާ ޙުދޫދުގެތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާނެގުމާއި އެފަދަ ދަރަނި ތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި، މަޞްލަޙަތުތަކާއި، މިލްކިއްޔާތުތައް ދަރަނި ދޫކުރާފަރާތްތަކަށް ހުށަހެލުމާއި ތަފާތު އެކިކަންކަމަށް ފަންޑު އުފެއްދުން.
 16. ކައުންސިލްގެ މެމްބަރުން ބަދަލުވާޙާލަތްތަކުގަޔާއި ކައުންސިލް ނަންބަދަލުވާޙާލަތްތަކުގައި ކުރީގެ ކައުންސިލުންކޮށްފައިވަ ކަންކަމަށްޒިންމާއުފުލުން.
 17. ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް ލާމަރުކަޒީ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން އަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަތަންނަން ނެގުން.
 18. ކައުންސިލްގެބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި ޕާރކްފަދަ ޢާއްމު ތަންތަނަށް ނަންދިނުމާއި ނަން ބަދަލުކުރުން.
 19. ރަށުގެމަގާއި ޕާރްކްތަކާއި މައިދާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދުކުރުން.
 20. ރަށުގައިހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
 21. ލާމަރުކަޒީ ޤާނޫނުގައިބުނެފައިވާ ރިޕޯރޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 22. ކައުންސިލަށް ނިސްބަތްވާ ސިއްކަސަރުކާރުގެކަމާބެހޭ އިދާރާގައި ރަޖިސްޓްރީކުރުމަށްފަހު ބޭނުންކުރުން.
 23. ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަރާއި، ފަޅުފަދަ ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.
 24. ރަށުގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަންކުރުން.
 25. ކައުންސިލްގެ އިޙްތިސާސް ގެތެރޭގައި ހިމެނޭކަންކަމާ ގުޅިގެން ނުވަތަ ކައުންސިލްގެ ދާއިރާގައި އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތު ކުރެވޭނަމަ އެކަމެއް ތަޙުޤީގުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
 26. ރަށުކައުންސިލް   ގެއިދާރާހިންގުން.
 27. ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.