އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުން

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އަތުގުޅާލުން ނައިފަރުގައިވެސް ބާއްވައިފިއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ދެކުނު އެޝިޔާ ސަރަޙައްދަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާގެ ހަނދާން އާކުރުމަށް ރާއްޖޭގައި ކޮންމެ އަހަރަކު މިދުވަސް “އެއްބައިވަންތަ ކަމުގެ ދުވަސް”ގެ ގޮތުގައި ފާހަގަ ކުރުމަށް އެކި އަހަރު އެކި ޙަރަކާތްތައް ކުރިއަށް ގެންދެވެއެވެ. މިގޮތުން މިއަހަރު މުޅި ރާއްޖޭގައި ހުރިހާ ރަށެއްގައި ސުނާމީ އެރި ވަގުތުގައި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށްޓަކައި އަތުގުޅައިލުން ބޭއްވުމަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން ނައިފަރު ކައުންސިލުން ވަނީ ނައިފަރުގައިވެސް މިޙަރަކާތް ކުރިއަށް ގެންގޮސްފައެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުން

އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުން

2004 ވަނަ އަހަރުގެ ސުނާމީގައި ނައިފަރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މ

2004 ވަނަ އަހަރުގެ ސުނާމީގައި ނައިފަރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މ

އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުން

ސަރުކާރުގެ މުއައްސަސާތަކާއި ޢާއްމު ރައްޔިތުންނަށް ޢާއްމުކޮށް ދަޢުވަތު އިޢުލާނުކޮށް ބޭއްވުނު އަތުގުޅާލުން ބޭއްވުނީ ނައިފަރު އިރުމަތީ ފަރާތު ބަނދަރުގައެވެ. ޤުރުއާން ކިޔެވުމުން ފެށުނު އަތުގުޅާލުމުގައި 1 މިނެޓްގެ ސުކޫންތަކާއި ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ.
2004 ވަނަ އަހަރުގެ ސުނާމީގައި ނައިފަރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މާތްﷲ އަޅަމެންގެ މިރަށާއި މުޅި ދިވެހި ރާއްޖެ ނުރައްކާތެރި ކާރިސާތަކުން ރައްކާތެރި ވެފައިވާ ތަނެއްކަމުގައި އަބަދުމެ ލައްވާށިއެވެ. أمين