ވިޔަފާރިހުއްދަދޫކުރުން

ޚިދުމަތާބެހޭ ތަފްޞީލް:

ނައިފަރުގައި ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކަށް އިމް ޕޯރޓް މުދާ ވިއްކުމުގެ ހުއްދަ ނައިފަރު ކައުންސިލްގެ އިދާރާއިން ހަދައިދެވޭނެއެވެ. މިޚިދުމަތް ލިބިގަންނާނޭ ގޮތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ޚިދުމަތްދޭ ތަން: ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު، ޖަލާލުއްދީނު މަގު

ޚިދުމަތްދެވޭ ގަޑި: ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި

ޚިދުމަތް ހޯދުމަށް އޮފީހަށް އަންނަންޖެހޭ ޢަދަދު: 2ފަހަރު

ޝަރުޠު:

* ވިޔަފާރި ހުއްދައަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު އެފޯމް ނައިފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން

* ފޯމާއެކު ވިޔަފާރި ހުއްދައަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ( މުއްދަތު ހަމަވުނާ ) ހުށަހެޅުން

ޖޫރިމަނާ:

–          ނައިފަރުގައި ވިޔަފާރި ކުރާ ފަރާތްތަކުން ވިޔަފާރި ފީގެ ގޮތުގައި ކޮންމެ މަހަކު 50.00 ރުފިޔާ ނައިފަރު ކައުންސިލްގެ އިދާރާއަށް ދައްކަން ޖެހޭނެއެވެ.

–          ވިޔަފާރި ފީ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ނުދައްކައިފިނަމަ ދެން ފީ ބަލައިގަނެވޭނީ 15.00 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

ޢަމަލުކުރަންވީ ގޮތް:

– ވިޔަފާރި ހުއްދައަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީއާއެކު ހުށަހެޅުން

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

* ވިޔަފާރި ހުއްދައަށް އެދޭ ފޯމް

* ވިޔަފާރި ހުއްދައަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީ

* 10.00ރ ( ދިހަރުފިޔާ ) ގެ ރެވެނިއު ސްޓޭމްޕް

އިތުރު މަޢުލޫމާތު

* ވިޔަފާރި ހުއްދައަށް އެދޭ ފޯމް ހުށަހެޅުމުން ހުށަހޅާފައިވާ ފޯމްގައިވާ ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން ފާސްކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވޭނެއެވެ.

* ވިޔަފާރި ހުއްދަ ހަދައިދެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނަން ފާސްކޮށް ފޮނުވުމުންނެވެ.

* ވިޔަފާރި ހުއްދަ ނަގަނީ ހޮޓަލެއް ނުވަތަ ރެސްޓޯރެންޓެއް ހިންގުމަށް ނަމަ އެތަނަކަށް ސާފުތާހިރު ކަމުގެ ސެޓްފިކެޓް ހައްދަންޖެހޭނެއެވެ.

* ސާފުތާހިރު ކަމުގެ ސެޓްފިކެޓް ހެއްދުމަށް އެދި ނައިފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުން އެސެޓްފިކެޓް ހަދައިދޭނީ ޕަބްލިކް ހެލްތު ޔުނިޓުންނެވެ.

ވިޔަފާރި ހުއްދައަށް އެދޭ ފޯމް Pdf