ޚިދުމަތާބެހޭ ތަފްޞީލް:
މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު ( ޤާނޫނު ނަންބަރ5/87 ) ގެ 3 ވަނަ މާއްދާގެ (ހ) އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ލިބިދޭ އިޚްތިޔާރުގެދަށުން އެކްސްޕޯރޓްކުރާ ފަރާތްތަކަށް މަސްވިއްކުމާށާއި ، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތެރިކަން ތައްޔާރުކުރުމަށާއި، އެކުއަރކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާބެހޭ ގޮތުން ދޫކުރުމަށް ހަމަޖައްސަވާފައިވާ ލައިސަންސެކެވެ. މިޚިދުމަތް ލިބިގަންނާނޭ ގޮތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
ޚިދުމަތްދޭ ތަން: ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު، ޖަލާލުއްދީނު މަގު
ޚިދުމަތްދެވޭ ގަޑި: ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި
ޚިދުމަތް ދިނުމަށް ޢާއްމުކޮށް ނަގާ ވަގުތު: 3 ދުވަސް
ޚިދުމަތް ހޯދުމަށް އޮފީހަށް އަންނަންޖެހޭ ޢަދަދު: 2ފަހަރު
ޝަރުޠު:
* މަސްވެރިކަމުގެ ލައިސަންސް ހެއްދުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއެކު ( މުއްދަތު ހަމަނުވާ ) ހުށަހެޅުން
* މަސްވެރިކަންކުރާ އުޅަނދުފަހަރަށް ލައިސަންސް ހަދައިދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ލައިސަންސް ފީނެގުމަށް ފަހުގައެވެ.
އުޅަނދުގެ ދިގުމިން | ލައިސަންސް ފީ އަހަރަކަށް |
45 ފޫޓުން ދަށް | 600.00 ރ ( ހަސަތޭކަ ރުފިޔާ ) |
45 ފޫޓުން ފެށިގެން 65 ފޫޓާއި ދެމެދު | 1200.00ރ ( ބާރަ ސަތޭކަ ރުފިޔާ ) |
65 ފޫޓުން ފެށިގެން 85 ފޫޓާއި ދެމެދު | 1800.00ރ ( އަށާރަ ސަތޭކަ ރުފިޔާ ) |
85 ފޫޓުން މަތީގެ | 3600.00ރ ( ތިންހާސް ހަސަތޭކަ ރުފިޔާ ) |
ޢަމަލުކުރަންވީ ގޮތް:
– މަސްވެރިކަމުގެ ލައިސަންސް ހެއްދުމަށް އެދޭ ފޯމް ނައިފަރު ކައުންސިލްގެ އިދާރާއިން ނުވަތަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓުން ލިބިގަތުން
– މަސްވެރިކަމުގެ ލައިސަންސް ހެއްދުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއެކު ( މުއްދަތު ހަމަނުވާ ) ހުށަހެޅުން .
– ލައިސަންސް ފީ ދެއްކެވުން
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
* މަސްވެރިކަމުގެ ލައިސަންސަށް އެދޭ ފޯމް ( ފޯމް F1 )
* އުޅަނދުގެ ރަޖިސްޓްރީގެ ކޮޕީ
* އުޅަނދުގެ ސަލާމަތީ ސެޓްފިކެޓްގެ ކޮޕީ
* އުޅަނދުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓްގެ ކޮޕީ
* އޮޑިވެރިޔާގެ އައިޑީ ކާޑްގެ ކޮޕީ ނުވަތަ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
* ކެޔޮޅުގެ އިޤްރާރް ފޯމް
އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށްވިއްކުމަށް މަސްވެރިކަންކުރާއުޅަނދުފަހަރުގެ ލައިސަންސަށް އެދޭފޯމް