މަތީ ތަޢުލީމް | ނައިފަރު ކައުންސިލްގެ އިދާރާ

މަތީ ތަޢުލީމް

ނައިފަރުގައި މަތީ ތަޢުލީމްދޭ ކެމްޕަސްއެއް ޤާއިމް ކުރމުގެ ފުރުޞަތު ހުޅުވާލައި ، ނައިފަރު ކައުންސިލުން އިޢުލާން ކުރމުމާއި ގުޅިގެން ، މިކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ، ވިލާކޮލެޖްގެ ޓީމެއް 14 ނޮވެމްބަރ 2012 ގައި ނައިފަރަށް ޒިޔާރަތް ކުރައްވާ ކައުންސިލާއެކު މަޝްވަރާ ކުރުމަށްފަހު ނައިފަރު ކޮލެޖް ކެމްޕަސްއެއް ޤާއިމް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާ 29 ނޮވެމްބަރ 2012 ގައިވަނީ ޕްރޮޕޯސަލްވަނީ ހުށަހަޅުއްވާފައެވެ. މިކަމަށް ޕްރޮޕޯސަލް ހުށަހަޅުއްވާފައިވަނީ ހަމައެކަނި ވިލާކޮލެޖުންކަމަށް ވުމާއެކު ، ނައިފަރުގައި ކޮލެޖް ކެމްޕަސްއެއް ޤާއިމްކުރުމުގެ ފުރުޞަތު ވިލާކޮލެޖަށް ދިނުމަށް ކައުންސިލުން ފާސްކޮށް ، އެކަންވަނީ އެފަރާތަށް އެވޯޑް ކުރެވިފައެވެ. 2013 ވަނަ އަހަރު ފެށުންއިރު ދެފަރާތުގެ ދެމެދުގައި ކުރެވެންޖެހޭ އެގްރިމެންޓްގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.