މަލްޓި ޕާރޕަސް ބިލްޑިންގ | ނައިފަރު ކައުންސިލްގެ އިދާރާ

މަލްޓި ޕާރޕަސް ބިލްޑިންގ

ތަޢާރަފް:

މަލްޓި ޕާރޕަސް ބިލްޑިންގ އަކީ ވޯލްޑްބޭންކްގެ އިންޓަގްރޭޓަޑް ހިއުމަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ދިވެހި ސަރުކާރުގެ %20 ޙިއްޞާ ހިމެނޭ ގޮތަށް ޅ. ނައިފަރުގައި ބިނާ ކުރެވިފައިވާ ޢިމާރާތެކެވެ.

މަޤްޞަދް:

މިޢިމާރާތުގެ މައިގަޑު މަޤްޞަދަކީ މުޖްތަމައު ބާރުވެރި ކުރުމާއި، މީހުން ބިނާކުރުމާއި، ރަށުގެ ވަކިވަކި ފަރުދުންނާއި އަދި ޢިޖްތިމާޢީ ގޮތުން ޙަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތަށް ފޯރުކޮށްދީ ރަށް ތަރައްޤީ ކުރުމެވެ.

 

ޢިމާރާތުން ލިބެން ހުރި ޚިދްމަތްތަށް:

މިޢިމާރާތް ފަރުމާ ކުރެވިފައިވަނީ 300 މީހުންގެ ޖާގައިގެ ހޯލަކާއި، 2 ސެމިނަރ ރޫމް، ރަށުގައި ޙަރަކާތްތެރިވާ ޖަމިއްޔާތަކުގެ އޮފީސް ޖާގައިގެ 4 ރޫމް އާއި، ލައިބްރަރީ އަކާއި، ކެފޭ ރެސްޓޯރެންޓް ހިންގުމަށް ޖާގައަކާއި، ކުދި ވިޔަފާރި ހިންގުމަށް ކަނޑަ އެޅިފައިވާ ޖާގައަކާއި އަދި 4 ކޮޓަރީގެ އެޕާރޓްމެންޓެއް ހިމެނޭ ގޮތަށެވެ. އަދި މިބުނެވިދިޔަ ބައިތައް ބިނާކުރެވިފައިވަނީ ބޭނުންވާ މުޙިއްމު ވަޞީލަތްތައް ހިމެނޭގޮތަށެވެ. މިބައިތައް ބޭނުންކުރެވެމުންދަނީ ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މަތިން ކުއްޔަށް ދޫކޮށްގެންނެވެ. މިގޮތުން ކުއްޔަށް ދޫކުރޭ ގޮތްތަށް ތިރީގައި މިދަންނަވަނީ އެވެ.

މަހު ކުއްޔަށް ދޫކުރެވޭ ތަންތަން: (އެގްރީމެންޓް ކުރެވިގެން 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރެވޭ ބައިތައް)

  • މަލްޓިޕާރޕަސް ކޭފޭ
  • މަލްޓިޕާރޕަސް ޝޮޕް
  • ލައިބްރަރީ
  • ޖަމިއްޔާތަކުގެ 4 އޮފީސް

ދުވަހު ކުއްޔަށް ދޫކުރެވޭ ބައިތަށް:

މަލްޓިޕާޕަސް ހޯލް
09:00 ން 09:00 އަށް
ސެމިނަރ ރޫމް ގަޑިޔަކަށް ދިރިއުޅޭ ކޮޓަރި
12:00 ން 12:00 އަށް
 
1,500.00 50.00 300.00 ވިޔަފާރި އުޞޫލުން ހިންގާ ޙަރަކާތްތަކަށާ ކުންފުނިތަކަށް
1,500.00 ރޭގަނޑުގެ ޕާޓީތަކަށް
100.00 ކައިވެނީގެ ވަލީމާ ފަދަ ކަންތައްތަކަށް
500.00 ދުވާލުގެ ޕާޓީތަކަށް
750.00 50.00 300.00 ސިޔާސީ ޕާރޓީތަކުގެ ޙަރަކާތްތަކަށާއި ސަރުކާރުގެ ބަޖެޓް ވަކިކުރެވިފައިވާ މުޢައްސަސާތަކަށް
500.00 50.00 300.00 ފަރުދީގޮތުން ރާވާ އާމްދަނީ ނުލިބޭ ކަންކަމަށް
500.00 50.00 300.00 މާލީ ފައިދާއެއްނެތި އެންޖީއޯތަކުން ހިންގާ ޙަރަކާތްތަކަށް

އެހެނިހެން ވަޞީލަތްތައް:

އަގު ދުވާލަކަށް (ރ) ތަފްޞީލް
250.00 ސައުންޑް ސިސްޓަމް (ސްޕީޗް)
1,000.00 ސައުންޑް ސިސްޓަމް (ޝޯތަކަށް)
1,500.00 ލައިޓް ސިސްޓަމް
100.00 މަލްޓިމީޑިއާ ޕްރޮޖެކްޓަރ