މަސްވެރިންގެ ދުވަސް ނައިފަރުގައި ފާހަގަކޮށްފި

ނައިފަރުގައި 2017 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ރަށުފެންވަރުގައި ފާހަގަކޮށްފިއެވެ. އެގޮތުން 2017 އޮކްޓޯބަރގެ ނިޔަލަށް ފެލިވަރަށް އެންމެ ގިނައިން މަސްކިރާފައިވާ ނައިފަރުގެ ދޯންޏަށް ދެވުނު އެވޯޑުގެ އިތުރުން މަސްވެރިން އަމިއްލައަށް ނަން ހުށަހަޅައިގެން ވާދަކުރާގޮތަށް އެކި މަޤާމްތަކަށް އެވޯރޑް ދެވުނެވެ. އެވޯޑް ދެވުނު މަޤާމް ތަކުގެ ތެރޭގައި އެންމެ ގިނަ ދުވަސްވީ މަސްވެރިޔާ އާއި އެންމެ ޒުވާން ކެޔޮޅުގެ އިތުރުން އެންމެ ގިނަ ޒުވާނުން މަހަށް ގެންދާ ދޯނި ހިމެނެއެވެ.

އެވޯޑުތައް ޙަވާލުކުރުން ކުރިއަށް ދިޔައީ، މަސްވެރިންގެ ޝަރަފުގައި ނައިފަރު ކައުންސިލުން ބޭއްވި “މަސްވެރިންގެ ހަވީރު” ގައެވެ. ފެލިވަރަށް އެންމެ ގިނައިން މަސްކިރާފައިވަނީ “ސަހާ” ދޯންޏެވެ. އެންމެ ޒުވާން ކެޔޮޅުގެ އެވޯޑު ލިބިފައިވަނީ ޅ. ނައިފަރު އަލަމާގޭ ޢަބްދުއްލަޠީފް އިބްރާޙިމްއެވެ. މަސްވެރިކަމުގައި އެންމެ ގިނަ ދުވަސްވީ ފަރާތުގެ އެވޯޑު ލިބިފައިވަނީ ޅ. ނައިފަރު ހަލަވެލި ޢަބްދުﷲ މުޙައްމަދަށެވެ. އަދި “ގުރަހަލި” ދޯނި ވަނީ އެންމެ ގިނަ ޒުވާނުން މަހަށްދާ ދޯނީގެ އެވޯޑު ހޯދާފައެވެ.

ފިޝަރމަންސް އެސޯސިއޭޝަންގެ ޘަޤާފީ ކުޅިވަރުތަކާއި މަދުރަސަތުލް އިފްތިތާޙްގެ ސްކޫލް ކޮޔާގެ ފަރާތުން ހުށަހަޅައިދިން މަރުޙަބާ ލަވައާއި ބްރާސް ބޭންޑުގެ މިޔުޒިކާއިއެކު 14 ޑިސެމްބަރ 2017 ގައި ބޭއްވުނު “މަސްވެރިންގެ ހަވީރު”ގައި އެހަވީރު ކުރިއަށް ގެންދިއުމަށް ނައިފަރު ކައުންސިލަށް އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިޔުންވެސް ވަނީ ދީފައެވެ.

މަސްވެރިންގެ ހަވީރު 2017 ގެ ތެރެއިން

މަސްވެރިންގެ ހަވީރު 2017 ގެ ތެރެއިން

މަސްވެރިންގެ ހަވީރު 2017 ގެ ތެރެއިން

މަސްވެރިންގެ ހަވީރު 2017 ގެ ތެރެއިން

މަސްވެރިންގެ ހަވީރު 2017 ގެ ތެރެއިން