ނައިފަރު ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އައި.ޑީ.ބީ އަށް ވަނީ ހުށަހަޅާފައި – އެންވަޔަރަމެންޓް މިނިސްޓްރީ

ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއި އެމްޑަބްލިޔުއެސްސީ އާއިއެކު ސޮއިކުރަނީ – ފޮޓޯ: ހައުންސިން މިނިސްޓްރީ

ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއި އެމްޑަބްލިޔުއެސްސީ އާއިއެކު ސޮއިކުރަނީ – ފޮޓޯ: ހައުންސިން މިނިސްޓްރީ

ނައިފަރު ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު (އައި.ޑީ.ބީ) އަށް ހުށަހެޅި ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެންވަޔަރަމެންޓް މިނިސްޓްރީ އިން އަންގާވާފިއެވެ.

ނައިފަރު ނަރުދަމާއާއި ފެނުގެ ހާލަތާއި ގުޅޭގޮތުން ނައިފަރު ކައުންސިލުން 31 ޖެނުއަރީ 2013 ގައި ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޠީން މުޙައްމަދު ސޮއިކުރައްވާ 21 ފެބްރުއަރީ 2013ގައި ފޮނުއްވާފައި ސިޓީގައިވަނީ ނައިފަރު ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އައިޑީބީއަށް ހުށަހެޅުނު ޕްރޮޕޯސަލްއާއި ގުޅިގެން އެޕްރައިޒަލް ހެދުމަށް 2 ފަހަރެއްގެމަތިން އައިޑީބީގެ ކޮންސަލްޓެންޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހަމަޖެހިފައިވާގޮތުން މިޕްރޮޕޯސަލް އަންނަ މާރޗްމަހު ފަހުކޮޅު އޮންނަ އައި.ޑީ.ބީ ގެ ބޯޑަށް ހުށަހެޅޭނެ ކަމަށާއި މިބޯޑް ބައްދަލުވުމުގައި ލޯން އެޕްރުވަލް ލިބުމުން މަޝްރޫޢުގެ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީގެ ސިޓީ އިން އަންގަވާފައިވެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ވެބްސައިޓްގައިވާ އެމިނިސްޓްރީގެ ވޯކްޕްލޭން ގައި ނައިފަރުގެ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ އިދާރީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 06 ޖެނުއަރީ 2013ގައެވެ. އަދި އިދާރީ މަސައްކަތްނިމި ކޮންޓްރެކްޓަރެއް ހޯދުމަށް ޕްރޮޖެކްޓް އިޢުލާން ކުރުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 10 އޮކްޓޫބަރ 2013 އެވެ. އަދި ކޮންޓްރެކްޓަރެއް ކަނޑައަޅާ ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކުރާނެ ތަރީޚަކަށް ވޯކްޕްލޭންގައި ކަނޑައަޅާފައިވަނީ 03 އޭޕްރީލް 2014 ގައެވެ. މިކޮންޓްރެކްޓްގެ މުއްދަތެއްކަމަށް ވޯކްޕްލޭންގައިވަނީ 547 ދުވަހެވެ. މިގޮތުން މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ވޯކްޕްލޭންގައިވަނީ 28 އޮގަސްޓް 2016 ގައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ 2013ވަނަ އަހަރުގެ ވޯކްޕްލޭންގައި ނައިފަރުގެ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ކަނޑައަޅާފައިވާ ޓައިމްލައިންތައް

އެންވަޔަރަމެންޓް މިނިސްޓްރީގެ 2013ވަނަ އަހަރުގެ ވޯކްޕްލޭންގައި ނައިފަރުގެ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ކަނޑައަޅާފައިވާ ޓައިމްލައިންތައް

ނައިފަރުގައި މިހާރު އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނޯވެއެވެ. ނަރުދަމާގެ ގޮތުގައި ބޭނުންކުރެވެމުންދަނީ، އަމިއްލަގޮތުން އަވަށްޓެރިންގެ ގްރޫޕްތަކުން މޫދަށް އަޅާފައިވާ ފާޚާނާ ހޮޅިތަކެވެ.

ޓެގްކުރެވިފައި: