ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހެދުން

ޚިދުމަތާބެހޭ ތަފްޞީލް:

ދިވެހި ކޮންމެ ރައްޔިތަކަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހައްދަންޖެހޭނެއެވެ. މިޚިދުމަތް ލިބިގަންނާނޭ ގޮތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ޚިދުމަތްދޭ ތަން: ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު، ޖަލާލުއްދީނު މަގު

ޚިދުމަތްދެވޭ ގަޑި: ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 15:00 އަށް

ޚިދުމަތް ދިނުމަށް ޢާއްމުކޮށް ނަގާ ވަގުތު: އައިޑެންޓިޓީ ކާޑަކީ ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ޕްރިންޓްކޮށް މިއިދާރާއަށް ފޮނުވާ އެއްޗަކަށްވާތީ އެކަމަށް ވަގުތު ހޭދަވަނީ އެކި ފަހަރު އެކި މިނަވަރަށެވެ.

ޚިދުމަތް ހޯދުމަށް އޮފީހަށް އަންނަންޖެހޭ ޢަދަދު: 2ފަހަރު

ޢަމަލުކުރަންވީ ގޮތް:

* 10 އަހަރުން ދަށުގެ ކުދިން

– ކާޑް ހައްދަން އެދޭ ފަރާތުގެ މަޢުލޫމާތުފޯމް ފުރިހަމަކޮށް އުފަންދުވަހުގެ ސެޓްފިކެޓާއި ކުއްޖާގެ ޕާސްޕޯރޓް ސައިޒުގެ ( ހުދުކުލައިގެ ބެކް ގުރައުންޑް ) ފޮޓޯ އެއް ހުށަހެޅުން ( ނެގިތާ 3 މަސްނުވާ ފޮޓޯ )

– ކާޑް ހެދުމަށްޓަކައި ކުއްޖާގެ ބެލެނިވެރިޔާ އޮފީހަށް ބޭނުންވާ ލިޔެކިޔުންތަކާއެކު ޙާޟިރުވުން

* 10 އަހަރުން މަތީގެ އަލަށް ކާޑު ހައްދާ ފަރާތްތައް

– ކާޑް ހައްދަން އެދޭ ފަރާތުގެ މަޢުލޫމާތުފޯމް ފުރިހަމަކޮށް އުފަންދުވަހުގެ ސެޓްފިކެޓާއިއެކު ހުށަހެޅުން ( ބޭނުންފުޅުނަމަ ފޮޓޯ ނެގިތާ 3 މަސް ހަމަނުވާ ޕާސްޕޯޓް ސައިޒުގެ ( ބެކް ހުދު ކުލަ ) ފޮޓޯވެސް ހުށަހެޅިދާނެ )

– ކާޑް ހައްދަން ބޭނުންވާ ފަރާތް ލިޔެކިޔުންތަކާ އެކު އޮފީހަށް ޙާޟިރުވުން

* ކާޑް އައުކުރާ ފަރާތްތައް

– ކާޑް ހައްދަން އެދޭ ފަރާތުގެ މަޢުލޫމާތުފޯމް ފުރިހަމަކޮށް ކުރީގެ އައިޑީކާޑާއެކު ހުށަހެޅުން ( ބޭނުންފުޅުނަމަ ފޮޓޯ ނެގިތާ 3 މަސް ހަމަނުވާ ޕާސްޕޯޓް ސައިޒުގެ ( ބެކް ހުދު ކުލަ ) ފޮޓޯވެސް ހުށަހެޅިދާނެ )

– ކާޑް ހައްދަން ބޭނުންވާ ފަރާތް ލިޔެކިޔުންތަކާ އެކު އޮފީހަށް ޙާޟިރުވުން

* ކާޑް ގެއްލިގެން އަލުން ކާޑް ހައްދާ ފަރާތްތައް

– ކާޑް ހައްދަން އެދޭ ފަރާތުގެ މަޢުލޫމާތުފޯމް ( ބޭނުންފުޅުނަމަ ފޮޓޯ ނެގިތާ 3 މަސް ހަމަނުވާ ޕާސްޕޯޓް ސައިޒުގެ ( ބެކް ހުދު ކުލަ ) ފޮޓޯވެސް ހުށަހެޅިދާނެ )

– ކާޑް ހައްދަން ބޭނުންވާ ފަރާތް ފޯމާ އެކު އޮފީހަށް ޙާޟިރުވުން

– އައިޑީ ކާޑް ހެދުމަށް ބޭނުންވާ މަޢުލޫމާތު ނެގުމަށްފަހު އެމަޢުލޫމަތު ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ފޮނުވޭނީ އީމެއިލްގެ ޒަރީޢާއިންނެވެ.

– ބޭނުންފުޅުވާނަމަ އެޑިޕާރޓްމަންޓަށް މީހަކު ފޮނުވައިގެންވެސް ކާޑް ނެގިދާނެއެވެ. މިގޮތަށް ކާޑް ނަގާނަމަ ގާތްގަނޑަކަށް 1 ހަފްތާގެ ތެރޭގައި ކާޑް ލިބޭނއެވެ. މާލެއިން ނުނަގާ ކާޑްތައް މިއޮފީހަށް ފޮނުވުމުން އެކާދްތަކުގެ ވެރިފަރާތްތަކާ ކާޑް ޙަވާލުކުރުމަށް ފޯނުން ގުޅަމުން ގެންދާނެއެވެ.

ކާޑް ހެއްދުމަށް ނަގާ އަގުތައް

ތަފްޞީލް އަގު
އަލަށް ކާޑް ހެދުން އަދި 10 އަހަރުން ދަށުގެ ކާޑް ހަދައިފައިވާ ކުދިންނަށް 10 އަހަރު ފުރިގެން ކާޑް ހެދުން ހިލޭ
ލެމިނޭޓް ކާޑް އައުކުރުން ހިލޭ
ކޮމްޕިއުޓަރ ކާޑް އައުކުރުން ( މުއްދަތު ހަމަވެގެން ) 150.00
މުއްދަތު ހަމަވުމުގެކުރިން ޢާއްމުނަން، ފޮޓޯ ނުވަތަ ސޮއި ބަދަލުކުރުންފަދަ ކަމެއްގައި އައުކުރުން 150.00
މަޢުލޫމާތު ބަދަލުވެގެން އައުކުރުން ( ފުރިހަމަ ނަން، އުފަންތާރީޚް، ދާއިމީ އެޑްރެސް ) 50.00
ކާޑް ހަލާކުވެގެން 150.00
ކާޑް ގެއްލިގެން 250.00
10 އަހަރުން ދަށުގެ ކުދިންގެ ކާޑް ގެއްލިގެން އައުކުރުން 250.00
10 އަހަރުން ދަށުގެ ކުދިންގެ ކާޑުގެ މަޢުލޫމާތު ބަދަލުވެގެން އައުކުރުން ( ފުރިހަމަނަން، އުފަންތާރީޚް، ދާއިމީ އެޑްރެސް ) 50.00
10 އަހަރުން ދަށުގެ ކުދިންގެ ކާޑް މުއްދަތު ހަމަވުމުގެ ކުރިން ފޮޓޯ ބަދަލުކުރުންފަދަ ކަމެއްގައި އައުކުރުން 100.00
ދައުލަތުގެ ފަރާތުން ހަމަޖައްސާ ކަމެއްގެ ސަބަބުން ކާޑްގައި ހިމެނޭ އެއްވެސް މަޢުލޫމާތަކަށް ބަދަލެއް އައިސްގެން އައުކުރުން ހިލޭ

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހެދުމަށް އެދޭފޯމްPdf