ޚިދުމަތާބެހޭ ތަފްޞީލް:
ނައިފަރުގައި ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކަށް އިމް ޕޯރޓް މުދާ ވިއްކުމުގެ ހުއްދަ ނައިފަރު ކައުންސިލްގެ އިދާރާއިން ހަދައިދެވޭނެއެވެ. މިޚިދުމަތް ލިބިގަންނާނޭ ގޮތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
ޚިދުމަތްދޭ ތަން: ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު، ޖަލާލުއްދީނު މަގު
ޚިދުމަތްދެވޭ ގަޑި: ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި
ޚިދުމަތް ހޯދުމަށް އޮފީހަށް އަންނަންޖެހޭ ޢަދަދު: 2ފަހަރު
ޝަރުޠު:
* ވިޔަފާރި ހުއްދައަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު އެފޯމް ނައިފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން
* ފޯމާއެކު ވިޔަފާރި ހުއްދައަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ( މުއްދަތު ހަމަވުނާ ) ހުށަހެޅުން
ޖޫރިމަނާ:
– ނައިފަރުގައި ވިޔަފާރި ކުރާ ފަރާތްތަކުން ވިޔަފާރި ފީގެ ގޮތުގައި ކޮންމެ މަހަކު 50.00 ރުފިޔާ ނައިފަރު ކައުންސިލްގެ އިދާރާއަށް ދައްކަން ޖެހޭނެއެވެ.
– ވިޔަފާރި ފީ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ނުދައްކައިފިނަމަ ދެން ފީ ބަލައިގަނެވޭނީ 15.00 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.
ޢަމަލުކުރަންވީ ގޮތް:
– ވިޔަފާރި ހުއްދައަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީއާއެކު ހުށަހެޅުން
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
* ވިޔަފާރި ހުއްދައަށް އެދޭ ފޯމް
* ވިޔަފާރި ހުއްދައަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީ
* 10.00ރ ( ދިހަރުފިޔާ ) ގެ ރެވެނިއު ސްޓޭމްޕް
އިތުރު މަޢުލޫމާތު
* ވިޔަފާރި ހުއްދައަށް އެދޭ ފޯމް ހުށަހެޅުމުން ހުށަހޅާފައިވާ ފޯމްގައިވާ ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން ފާސްކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވޭނެއެވެ.
* ވިޔަފާރި ހުއްދަ ހަދައިދެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނަން ފާސްކޮށް ފޮނުވުމުންނެވެ.
* ވިޔަފާރި ހުއްދަ ނަގަނީ ހޮޓަލެއް ނުވަތަ ރެސްޓޯރެންޓެއް ހިންގުމަށް ނަމަ އެތަނަކަށް ސާފުތާހިރު ކަމުގެ ސެޓްފިކެޓް ހައްދަންޖެހޭނެއެވެ.
* ސާފުތާހިރު ކަމުގެ ސެޓްފިކެޓް ހެއްދުމަށް އެދި ނައިފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުން އެސެޓްފިކެޓް ހަދައިދޭނީ ޕަބްލިކް ހެލްތު ޔުނިޓުންނެވެ.