މަސްވެރިކަމުގެ ލައިސަންސް ހެއްދުން

ޚިދުމަތާބެހޭ ތަފްޞީލް:

މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު ( ޤާނޫނު ނަންބަރ5/87 ) ގެ 3 ވަނަ މާއްދާގެ (ހ) އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ލިބިދޭ އިޚްތިޔާރުގެދަށުން އެކްސްޕޯރޓްކުރާ ފަރާތްތަކަށް މަސްވިއްކުމާށާއި ، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތެރިކަން ތައްޔާރުކުރުމަށާއި، އެކުއަރކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާބެހޭ ގޮތުން ދޫކުރުމަށް ހަމަޖައްސަވާފައިވާ ލައިސަންސެކެވެ.  މިޚިދުމަތް ލިބިގަންނާނޭ ގޮތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ޚިދުމަތްދޭ ތަން: ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު، ޖަލާލުއްދީނު މަގު

ޚިދުމަތްދެވޭ ގަޑި: ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި

ޚިދުމަތް ދިނުމަށް ޢާއްމުކޮށް ނަގާ ވަގުތު: 3 ދުވަސް

ޚިދުމަތް ހޯދުމަށް އޮފީހަށް އަންނަންޖެހޭ ޢަދަދު: 2ފަހަރު

ޝަރުޠު:

* މަސްވެރިކަމުގެ ލައިސަންސް ހެއްދުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކުރުމަށްފަހު  ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތަކާއެކު ( މުއްދަތު ހަމަނުވާ ) ހުށަހެޅުން

* މަސްވެރިކަންކުރާ އުޅަނދުފަހަރަށް ލައިސަންސް ހަދައިދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ލައިސަންސް ފީނެގުމަށް ފަހުގައެވެ.

އުޅަނދުގެ ދިގުމިން ލައިސަންސް ފީ އަހަރަކަށް
45 ފޫޓުން ދަށް 600.00 ރ ( ހަސަތޭކަ ރުފިޔާ )
45 ފޫޓުން ފެށިގެން 65 ފޫޓާއި ދެމެދު 1200.00ރ ( ބާރަ ސަތޭކަ ރުފިޔާ )
65 ފޫޓުން ފެށިގެން 85 ފޫޓާއި ދެމެދު 1800.00ރ ( އަށާރަ ސަތޭކަ ރުފިޔާ )
85 ފޫޓުން މަތީގެ 3600.00ރ ( ތިންހާސް ހަސަތޭކަ ރުފިޔާ )

ޢަމަލުކުރަންވީ ގޮތް:

– މަސްވެރިކަމުގެ ލައިސަންސް ހެއްދުމަށް އެދޭ ފޯމް ނައިފަރު ކައުންސިލްގެ އިދާރާއިން ނުވަތަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓުން ލިބިގަތުން

– މަސްވެރިކަމުގެ ލައިސަންސް ހެއްދުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކުރުމަށްފަހު  ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތަކާއެކު ( މުއްދަތު ހަމަނުވާ ) ހުށަހެޅުން .

– ލައިސަންސް ފީ ދެއްކެވުން

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

* މަސްވެރިކަމުގެ ލައިސަންސަށް އެދޭ ފޯމް ( ފޯމް F1 )

* އުޅަނދުގެ ރަޖިސްޓްރީގެ ކޮޕީ

* އުޅަނދުގެ ސަލާމަތީ ސެޓްފިކެޓްގެ ކޮޕީ

* އުޅަނދުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓްގެ ކޮޕީ

* އޮޑިވެރިޔާގެ އައިޑީ ކާޑްގެ ކޮޕީ ނުވަތަ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

* ކެޔޮޅުގެ އިޤްރާރް ފޯމް

އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށްވިއްކުމަށް މަސްވެރިކަންކުރާއުޅަނދުފަހަރުގެ ލައިސަންސަށް އެދޭފޯމްPdf