ތަޢާރަފް:
މަލްޓި ޕާރޕަސް ބިލްޑިންގ އަކީ ވޯލްޑްބޭންކްގެ އިންޓަގްރޭޓަޑް ހިއުމަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ދިވެހި ސަރުކާރުގެ %20 ޙިއްޞާ ހިމެނޭ ގޮތަށް ޅ. ނައިފަރުގައި ބިނާ ކުރެވިފައިވާ ޢިމާރާތެކެވެ.
މަޤްޞަދް:
މިޢިމާރާތުގެ މައިގަޑު މަޤްޞަދަކީ މުޖްތަމައު ބާރުވެރި ކުރުމާއި، މީހުން ބިނާކުރުމާއި، ރަށުގެ ވަކިވަކި ފަރުދުންނާއި އަދި ޢިޖްތިމާޢީ ގޮތުން ޙަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތަށް ފޯރުކޮށްދީ ރަށް ތަރައްޤީ ކުރުމެވެ.
ޢިމާރާތުން ލިބެން ހުރި ޚިދްމަތްތަށް:
މިޢިމާރާތް ފަރުމާ ކުރެވިފައިވަނީ 300 މީހުންގެ ޖާގައިގެ ހޯލަކާއި، 2 ސެމިނަރ ރޫމް، ރަށުގައި ޙަރަކާތްތެރިވާ ޖަމިއްޔާތަކުގެ އޮފީސް ޖާގައިގެ 4 ރޫމް އާއި، ލައިބްރަރީ އަކާއި، ކެފޭ ރެސްޓޯރެންޓް ހިންގުމަށް ޖާގައަކާއި، ކުދި ވިޔަފާރި ހިންގުމަށް ކަނޑަ އެޅިފައިވާ ޖާގައަކާއި އަދި 4 ކޮޓަރީގެ އެޕާރޓްމެންޓެއް ހިމެނޭ ގޮތަށެވެ. އަދި މިބުނެވިދިޔަ ބައިތައް ބިނާކުރެވިފައިވަނީ ބޭނުންވާ މުޙިއްމު ވަޞީލަތްތައް ހިމެނޭގޮތަށެވެ. މިބައިތައް ބޭނުންކުރެވެމުންދަނީ ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މަތިން ކުއްޔަށް ދޫކޮށްގެންނެވެ. މިގޮތުން ކުއްޔަށް ދޫކުރޭ ގޮތްތަށް ތިރީގައި މިދަންނަވަނީ އެވެ.
މަހު ކުއްޔަށް ދޫކުރެވޭ ތަންތަން: (އެގްރީމެންޓް ކުރެވިގެން 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރެވޭ ބައިތައް)
- މަލްޓިޕާރޕަސް ކޭފޭ
- މަލްޓިޕާރޕަސް ޝޮޕް
- ލައިބްރަރީ
- ޖަމިއްޔާތަކުގެ 4 އޮފީސް
ދުވަހު ކުއްޔަށް ދޫކުރެވޭ ބައިތަށް:
މަލްޓިޕާޕަސް ހޯލް 09:00 ން 09:00 އަށް |
ސެމިނަރ ރޫމް ގަޑިޔަކަށް | ދިރިއުޅޭ ކޮޓަރި 12:00 ން 12:00 އަށް |
|
1,500.00 | 50.00 | 300.00 | ވިޔަފާރި އުޞޫލުން ހިންގާ ޙަރަކާތްތަކަށާ ކުންފުނިތަކަށް |
1,500.00 | – | ރޭގަނޑުގެ ޕާޓީތަކަށް | |
100.00 | ކައިވެނީގެ ވަލީމާ ފަދަ ކަންތައްތަކަށް | ||
500.00 | – | ދުވާލުގެ ޕާޓީތަކަށް | |
750.00 | 50.00 | 300.00 | ސިޔާސީ ޕާރޓީތަކުގެ ޙަރަކާތްތަކަށާއި ސަރުކާރުގެ ބަޖެޓް ވަކިކުރެވިފައިވާ މުޢައްސަސާތަކަށް |
500.00 | 50.00 | 300.00 | ފަރުދީގޮތުން ރާވާ އާމްދަނީ ނުލިބޭ ކަންކަމަށް |
500.00 | 50.00 | 300.00 | މާލީ ފައިދާއެއްނެތި އެންޖީއޯތަކުން ހިންގާ ޙަރަކާތްތަކަށް |
އެހެނިހެން ވަޞީލަތްތައް:
އަގު ދުވާލަކަށް (ރ) | ތަފްޞީލް |
250.00 | ސައުންޑް ސިސްޓަމް (ސްޕީޗް) |
1,000.00 | ސައުންޑް ސިސްޓަމް (ޝޯތަކަށް) |
1,500.00 | ލައިޓް ސިސްޓަމް |
100.00 | މަލްޓިމީޑިއާ ޕްރޮޖެކްޓަރ |