Administrative Units

އިދާރީ ޔުނިޓްތައް

ކޯޕަރޭޓް އެފެއަރޒް

މިޔުނިޓްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރަޖިސްޓްރޭޝަނާއި، ސެންސަސް ބެލެހެއްޓުމާއި، އިދާރީ ހުއްދަތަކާއި ލިޔުންތައް ތައްޔާރުކޮށްދިނުމާއި ހިޔުމަން ރިސޯސް މަސައްކަތްތަކާއި ފައިސާގެ މަސައްކަތްތައް ހިމެނެއެވެ. 

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސަސް

މިޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމާއި ޕްލޭން ރިވިއުކުރުމާއި ޕްލޭނުން ޙާޟިލްވަމުންދާ މިންވަރު ބަލާ މޮނީޓަރކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށް ތަރައްޤީ ކުރެވިދާނެ އައު ވިސްނުންތައް ނެރުމާއި ކައުންސިލްގެ މާލިއްޔަތު އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް އެކަންކަމާއި ގުޅޭގޮތުން ކައުންސިލަށް ލަފާދިނުމާއި އެފަދަ ޕްރޮޖެކްޓްތައް ރާވާ ހިންގުން ހިމެނެއެވެ. އަދި އިޖްތިމާޢީތަރައްޤީގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމާއި އެފަދަ ޕްރޮގްރާމްތަކަށް އެހީތެރިވުން ހިމެނެއެވެ. 

މުނިސިޕަލް ސަރވިސް

މިޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި ރަށުގައި ދެވޭ އަސާސީ ޚިދުމަތްތަކާއި މުނިސިޕަލް ޚިދުމަތްތައް ހިންގާ ބެލެހެއްޓުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާއި އެސެޓްތައް މަރާމާތުކޮށް ބެލެހެއްޓުމާއި ބިމާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކައުންސިލަށް ހުށަހެޅުމެވެ.