Hospital ge aharee dhuvahaai gulhigen beyyvvunu kudakudhinge haveeru gai Naifaru Council inn baiveri vejje

ހޮސްޕިޓަލްގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި ނައިފަރު ކައުންސިލުން ބައިވެރިވެއްޖެ

Hospital ge aharee dhuvahaai gulhigen beyyvvunu kudakudhinge haveeru gai Naifaru Council inn baiveri vejje

2 years ago

-

ޅ. އަތޮޅު ހޮސްޕިޓަލްގެ 58 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 11 މާރޗް 2022 ވަނަ ދުވަހު ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި ނައިފަރު ކައުންސިލްގެ ފަރާތުން ބައިވެރިވެއްޖެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ނައިފަރުގައި ގާއިމްވެފައިވާ ބައެއް މުއައްސަސާތަކާ ގުޅިގެން ބޭއްވުނު މި ކުޑަކުދިންގެ ހަވީރު ބޭއްވުނީ ނައިފަރު ފުޓްބޯޅަ ދަނޑުގައެވެ. ތަފާތު ސްޓޯލްތައް ހިމަނައިގެން  ކުޑަކުދިންނަށް ޚާއްޞަކޮށްގެން އެކި އެކި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާ ކުޅިވަރުތައް ހިމެނޭގޮތަށް ބޭއްވުނު މި ޙަރަކާތަކަށް ޢާއްމުންގެ ފަރާތުންވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. 

ނައިފަރު ކައުންސިލްގެ ސްޓޯލްގައި ހިންގުނު ޙަރަކާތްތަކުގެ ތެރޭގައި ކަރޯކޭ، ފޭސް ޕެއިންޓިންގ، މޭކަޕް ކުރުން، ނަސީބު ނަމްބަރު ހޮވުން  އަދި ޓްވިސްޓަރ ގޭމް ކުޅުން ކުރިއަށް ގެންދެވުމާއެކު ކޮންމެ ބައިވެރިއަކަށް ހަދިޔާއެއްވެސް ދެވުނެވެ. 

ނައިފަރު ކައުންސިލްގެ ސްޓޯލަށް މިއަދު 200 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މި އަދު ބޭއްވުނު މި ކުޑަކުދިންގެ ހަވީރުގައި ޅ، އަތޮޅު ހޮސްޕިޓަލާއި، ނައިފަރު ކައުންސިލްގެ އިތުރުން ނައިފަރު ޕޮލިސް ސްޓޭޝަނާއި، މަރުކަޒުއް ތައިސީރުލް ޤުރްއާން ވަނީ ބައިވެރިވެފައެވެ.