Naifaru gai kakkaa course eh kuriyah dhanee

ނައިފަރުގައި ކައްކާ ކޯހެއް ކުރިއަށް ގެންދަނީ

Naifaru gai kakkaa course eh kuriyah dhanee

2 years ago

-

ނައިފަރު އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން، ނައިފަރު ކައުންސިލްއާއި ޖުވޭރިޔާ ވަޖުދީ ގުޅިގެން ނައިފަރުގައި ކައްކާ ކޯހެއް ފެށިގެން އެބަ ކުރިޔަށް ދެއެވެ. މި ކޯސް ކުރިއަށް ގެންދަނީ 18 މާރޗް އިން 24 މާރޗް އަށެވެ.

ކޯހުގައި ކިޔަވާ ދެއްވަނީ މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އެވެ. ޖުމްލަ 40 ބައިވެރިންނާއެކު ކުރިއަށް ގެންދާ މިކޯހުގައި ބައިވެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. "ކޯސް ކުރިއަށްދަނީ ވަރަށްވެސް ހިތްހަމަޖެހޭ އެކުވެރި މާޙައުލެއްގައި، ބައިވެރިންގެ ގުޅުމާ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ނެވެ. އަދި މިކޯސް ހިނގަމުންދާއިރު "މިހާތަނަށް 240 އަށްވުރެ ގިނަ ބާވަތުގެ ތަކެތި ހަދަން ދަސްކޮށްދެވިއްޖެ" ކަމުގައި ޖުވެއިރިޔާ ވިދާޅުވިއެވެ. ކޯހުގެ ބައިވެރިން މިހާތަނަށް ދަސްކޮށްފައިވާ ބައެއް ބާވަތްތަކުގެ ތެރޭގައި؛ ތަފާތު ވައްތަރުގެ ފްރައިޑް ރައިސް، ކަރީސް، ތަންދޫރީ، ޑެސަރޓް، ތަފާތު ވައްތަރުގެ ޖޫސް، ޕާސްތާ އަދި ޕޭސްޓްރީގެ ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ހިމެނެއެވެ. 

ނައިފަރު މަލްޓިޕާޕަސް ބިލްޑިންގގައި ކުރިއަށް ގެންދާ މި ކޯސް، 8 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

ޖުވޭ ވިދާޅުވެފައި ވަނީ ރަށްރަށުގައި ހެދޭ ފަތްޕިލާވެއްޔާއި ފަލަމަޑިގޮވާމުގެ ބާވަތްތައް ބޭނުން ކޮށްގެން މީގެ ކުރިން ވެސް އޭނާ ވަނީ އެކިރަށްރަށުގައި މިފަދަ ކޯސްތައް ހިންގާފައިވާނެ ކަމުގައެވެ. އަދި މިހާރުވެސް އިތުރު ރަށްރަށުގައި ކޯސްތައް ހިންގުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، ވަގުތު ލިބޭ މިންވަރަކުން އެރަށްރަށަށް ގޮސް ކެއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ކޯސްތައް ކުރިޔަށް ގެންދިއުމުގެ މަސައްކަތްތައް މިހާރުވެސް ރާވަމުން ގެންދަވާ ކަމަށް ވިދާޅުވެފައި ވެއެވެ. 

މި ކޯހަކީ ނައިފަރު އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން ހިލޭ ސާބަހަށް ހިންގޭ ކޯހެކެވެ.