
ނައިފަރު ކައުންސިލްގެ ލޯގޯ، ދިދަ، ރަސްމީ ކިޓް އަދި އައު ވެބްސައިޓް އިފްތިތާޙްކޮށްފި
Naifaru Council ge logo, dhidha, rasmee kit adhi new website Ifthithaah kohffi
1 year ago
-
ނައިފަރު ކައުންސިލްގެ ލޯގޯ، ދިދަ، ރަސްމީ ކިޓް އަދި އައު ވެބްސައިޓް 2022 ފެބްރުއަރީ 19 ވަނަ ދުވަހު އިފްތިތާޙް ކުރައްވާފިއެވެ. މި ލޯގޯ އަދި ވެބްސައިޓް އިފްތިތާޙް ކޮށްފައިވަނީ، 2022 ފެބްރުއަރީ 19 ވަނަ ދުވަހުގެ ރޭ 21:30 ގައި ނައިފަރު ކައުންސިލުން ބޭއްވި ހާއްޞަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

ނައިފަރު ކައުންސިލްގެ ލޯގޯ، ދިދަ، ރަސްމީ ކިޓް އަދި އައު ވެބްސައިޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް ޕްލޭންނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިޔުޓީ މިނިސްޓަރ ޢަލީ ޝާމިން އެވެ. މި ރަސްމިއްޔާތު ވަނީ ޕީ.އެސް.އެމް އިން ލައިވްކޮށް ގެނެސްދެއްވާފައެވެ.

މިކައުންސިލްގެ ލޯގޯ، ދިދަ އަދި ރަސްމީ ކިޓް ފަރުމާކޮށް ހުށަހެޅުމާއި ގުޅޭގޮތުން ޢާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރާ މިންގަނޑުތަކުގެ ތެރެއިން ލޯގޯތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ނައިފަރު ކައުންސިލްގެ އިދާރާގައި ތިއްބެވި އެކިއެކި ފަންނީ މުވައްޒަފުން ހިމަނައިގެން، ނައިފަރު ކައުންސިލުން ކަނޑައަޅާފައިވާ 09 މެމްބަރުން ހިމެނޭ ކޮމެޓީއަކުންނެވެ. މި ކޮމެޓީގެ ބޭނުމަކީ، ނައިފަރު ކައުންސިލްގެ އިދާރާގެ ރަސްމީ ލޯގޯ، ދިދަ އަދި ކިޓް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިޔަށްގެންދިއުމެވެ.
މިކޮމެޓީއިން ކުރިޔަށްގެންދިޔަ ލޯގޯ، ދިދަ އަދި ރަސްމީ ކިޓްގެ އިވެލުއޭޝަން ކާމިޔާބުކޮށްފައި ވަނީ ޅ. ނައިފަރު މުލީހާ ޞާލިޙް އިސްޙާޤް އެވެ. ނައިފަރު ކައުންސިލްގެ ލޯގޯ، ދިދަ، ރަސްމީ ކިޓް އަދި ވެބްސައިޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ޞާލިޙް އިސްޙާޤް އާއި ހަނދާނީ ފިލައެއް އަރުވާފައި ވެއެވެ. މި ފިލައި އެފަރާތާއި ޙަވާލުކޮށްދެއްވާފައި ވަނީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން، މިނިސްޓްރީ އޮފް ޕްލޭންނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިޔުޓީ މިނިސްޓަރ ޢަލީ ޝާމިން އެވެ.

ނައިފަރު ކައުންސިލުން 2022 ފެބްރުއަރީ 19 ވަނަ ދުވަހު އިފްތިތާޙް ކުރައްވާފައިވާ ލޯގޯ ކައުންސިލްގެ ލިޔެކިޔުންތަކުގައި އަދި ކައުންސިލުން ހިންގާ ހަރަކާތްތަކާއި ރަސްމިއްޔާތުތަކުގައި މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ.

ނައިފަރު ކައުންސިލްގެ ރަސްމީ ލޯގޯ، ދިދަ އަދި ކިޓް އިފްތިތާޙްކުރުމާއި ގުޅިގެން ރަށުގެ އިސްރަށްވެހިންނާއި، ޢާންމު ފަރާތްތަކުން ވަނީ ތަޢުރީފްގެ މެސެޖްތައް ލިބިގެން ގޮސްފައެވެ. މިގޮތުން ނައިފަރުގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ އަދި ޅ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ ޅ. ނައިފަރު ނަރުގިސްވާދީ، ރިޟްވާން ޢަލީ، މި ލޯގޯއާއި މެދު ވިދާޅުވެފައިވަނީ ލޯގޯގެ ބަހާތަކާއި، ލޯގޯގެ ސިފަކުރުން ކައުންސިލްގެ ޒިންމާތަކާއި އަދި ރަށާއި ވަރަށް ރަނގަޅަށް ގުޅުވާލެވޭ ކަމުގައެވެ.
ނައިފަރު ކައުންސިލްގެ ލޯގޯ، ދިދަ އަދި ރަސްމީ ކިޓް ފަރުމާކޮށްފައި ވަނީ، ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް ޢާންމުކޮށް ހުޅުވާލެވި ކަނޑައެޅިފައިވާ ވަކި މިންގަނޑުތަކެއްގެ ތެރެއިން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހެއްގެ މައްޗަށް ބިނާކޮށެވެ. މި މުބާރާތަކީ، 30000 (ތިރީސް ހާސް) ރުފިޔާގެ އިނާމެއް ކަނޑައެޅިގެން އިޢުލާން ކުރެވުނު މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް 3 ފަހަރެއްގެ މަތިން މިކައުންސިލުން އިޢުލާންކޮށްފައި ވެއެވެ.
ނައިފަރު ކައުންސިލްގެ ލޯގޯ، ދިދަ އަދި ރަސްމީ ކިޓް ފަރުމާކޮށްފައި ވަނީ، ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް ޢާންމުކޮށް ހުޅުވާލެވި ކަނޑައެޅިފައިވާ ވަކި މިންގަނޑުތަކެއްގެ ތެރެއިން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހެއްގެ މައްޗަށް ބިނާކޮށެވެ. މި މުބާރާތަކީ، 30000 (ތިރީސް ހާސް) ރުފިޔާގެ އިނާމެއް ކަނޑައެޅިގެން އިޢުލާން ކުރެވުނު މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް 3 ފަހަރެއްގެ މަތިން މިކައުންސިލުން އިޢުލާންކޮށްފައި ވެއެވެ.

މިކައުންސިލްގެ ލޯގޯ، ދިދަ އަދި ރަސްމީ ކިޓް ފަރުމާކުރުމުގެ މުބާރާތުގައި ޖުމްލަ 20 ފަރާތަކުން 47 ޑިޒައިން އެއް ބައިވެރިކޮށްފައި ވެއެވެ. ހުށަހެޅިފައިވާ ޑިޒައިން ޕްރޮޕޯސަލްތައް ކައުންސިލުން ކަނޑައަޅާފައިވާ ކައުންސިލްގައި ތިއްބެވި ފަންނީ މުވައްޒަފުން ހިމަނައިގެން އެކުލަވާލާފައިވާ ކޮމެޓީއަކުން ދިރާސާކުރުމަށްފަހު 09 ޑިޒައިން ޕްރޮޕޯސަލްއެއް ޝޯޓްލިސްޓްކުރެވި، ޝޯޓް ލިސްޓް ކުރެވުނު ޑިޒައިންތަކުގެ ޑިޓެއިލް އިވެލުއޭޝަނެއް ހަދާފައި ވެއެވެ.

ލޯގޯ އިވެލުއޭޓްކުރުމުގައި ނައިފަރާއި ލޯގޯ އާއި ހުރި ގުޅުމާއި، އެކަން ލޯގޯއެއްގެ ސިފައިގައި ގެނެސްފައިވާ ގޮތަށާއި، ލޯގޯ ކުރެހުމުގެ ހަމަތަކަށާއި، އެހެން މެޓީރިއަލްތަކާއި ޓެމްޕްލޭޓްގައި ލޯގޯ ހިމެނުމުން ފެންނަން ހުންނަ ގޮތަށާއި، ލޯގޯގެ ތަފާތުކަމާ ޙާއްޞަކަމަށް މާރކްސް ދީފައިވެއެވެ.
ކޮމެޓީގެ މަސައްކަތްތަކާއި، ކޮމެޓީގެ އިވެލުއޭޝަން ކައުންސިލަށް ހުށަހެޅި ކައުންސިލުން ވެސް ވަނީ ލޯގޯއާއި، ދިދަ އާއި ކުލަ ފާސްކުރެވިފައިވެއެވެ.