މިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން ޅ. އަތޮޅަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ރާވައިފި
Ministry of Islamic affairs ge faraathun Lhaviyani atholhah amaazu kohgen dheenee heyluntherikan ithuru kurmuge program eh hingumah raavaifi
2 years ago
-
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން ރައްޔިތުންނަށް އިސްލާމްދީނުގެ ޞައްޙަ މަޢްލޫމާތު ފޯރުކޮށްދީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ފައްޓަވާފައެވެ. މިގޮތުން ޅ. އަތޮޅަށް އަމާޒުކޮށް ހިންގޭ ޕްރޮގްރާމްގެ ދަށުން ނައިފަރު ކައުންސިލާއި، ޅ. އަތޮޅު ކައުންސިލް އަދި މަދްރަސަތުލް އިފްތިތާޙާއި މިނިސްޓްރީއޮފް އިސްލާމިކް އެފެއަރޒް ގުޅިގެން ނައިފަރުގައިވެސް މިދަރުސް ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ނައިފަރުގައި ދަރުސް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 26 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހުއެވެ. މުއައްސަސާތަކަށާއި، ސްކޫލްގެ ދަރިވަރުން، ޢާއްމުންނަށް، ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް އަމާޒުކޮށްގެން ނައިފަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުސް ޕްރޮގްރާމްތަކުގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މުޖުތަމަޢު ބިނާކުރުމުގައި އިސްލާމް ދީނުގެ ދައުރު، މަޤާޞިދުއް ޝަރީޢާ، މާތްﷲ އަށާއި ކީރިތި ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤުތައް، މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ޙައްޤުތައް، ދަރީންގެ މައްޗަށްވާ މައިންބަފައިންގެ ޙައްޤުތައް އަދި ސަބްޢުލް މޫބިޤާތު މި މައުޟޫޢުތަކުގެ މައްޗަށެވެ.
މި ޕްރޮގްރާމްގައި ދަރުސްތައް ދެއްވާނީ ރާއްޖޭގެ މަޝްޙޫރު ޢިލްމުވެރިން ކަމުގައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޘް އައްޝައިޚް އަޙްމަދު ފަހުމީ ދީދީ އާއި އައްޝައިޚް ޙަސަން ތައުފީޤެވެ.
މި ދަރުސް ޕްރޮގްރާމްގެ ތާވަލެއް ތައްޔާރުކޮށް، ޢާންމުންނާއި ހިއްސާކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
މީގެ ކުރިން ވެސް މިކައުންސިލުން ވަނީ މިފަދަ ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި ގުޅިގެން ކުރިޔަށް ގެންގޮސްފައެވެ.