Miskiy thakuge aabaathura filuvumuge masakaiy councilun fashaifi

މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކައުންސިލުން ފަށައިފި

Miskiy thakuge aabaathura filuvumuge masakaiy councilun fashaifi

2 years ago

-

ޅ. ނައިފަރުގައި ހުރި މިސްކިތްތަކަކުގެ ބޮޑެތި މަރާމާތު ކުރުމުގެ މަސައްކަތްތަކާ އާބާތުރަ ފިލުވުމުގެ މަސައްކަތް ކައުންސިލުން ފަށައިފިއެވެ. މިގޮތުން ފުރަތަމަ ފެށިގެން ދާނީ މަސްޖިދުލްހާދީގެ މަރާމާތުގެ މަސައްކަތްތަކެވެ. މި މަރާމާތުތަކުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު ވަނީ ޢިއްލާނު ކުރެވިފައެވެ.

މަސްޖިދުލް ހާދީގެ ފާރުތަކާއި އަދި ބެރިތަކުގައި އަޅާފައިވާ ބޮޑެތި ރެނދުތައް މަރާމާތު ކުރުމާއި، ފުރާޅުން ފެން ލީކުވުމުގެ މައްސަލައާއި އަދި ސީލިން މަރާމާތު ކުރުމުގެ މަސައްކަތް މީގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތްތައް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތައް މިއަދު ހަވީރު 17:00 ގެ ކުރިން ކައުންސިލް އިދާރާއަށް އަގު ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައެވެ. އަގު ބަލާ ފޯމް ނައިފަރު ކައުންސިލްގެ އިދާރާއިން އަދި ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. 

https://drive.google.com/file/d/1dF-xkfhPA9yR7EVH1o5OAjOq9lsCRUC6/view

ނައިފަރުގައި ހުރި ގިނަ މިސްކިތްތަކުގައި ކުރަން ހުރި ބޮޑެތި މަރާމާތުތައް ކައުންސިލަށް ފާހަގަ ކުރެވި އެމަސައްކަތް ފެށިފައިފައިވާ މިދަނޑިވަޅުގައި، ކައިރި މުސްތަޤްބަލެއްގައި މަސްޖިދުއްތަޤްވާގެ މަރާމާތުތައް ކުރުމަށް ވެސްވަނީ ކައުންސިލުން ނިންމާފައެވެ.