ފާދިއްޕޮޅު ނައިފަރު ކައުންސިލް މެންބަރުން ރައީސުލް ޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައިފި

ނައިފަރު ކައުންސިލުން ދަޢުލަތުގެ ވުޒާރާތަކާއި ބައްދަލުކުރުމަށް 2019 މެއި މަހުގެ 19 އިން 23 އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި 19 މެއި 2019 ވަނަ ދުވަހު ބައްދަލުކުރައްވައިފި އެވެ. މިދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، ނައިފަރު ރައްޔިތުން އެންމެ ބޮޑަށް

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ނައިފަރުގައި ފާހަގަކޮށްފި

2019 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ނައިފަރުގައި ފާހަގަ ކޮށްފިއެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ، ނައިފަރު ކައުންސިލް ގުޅިގެން 2019 މާރޗް 7، 8 އަދި 9 ވަނަ ދުވަހު ވަނީ ގިނަ ހަރަކާތް ތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ދުވަސް ފެށުމުގެ ގޮތުން،

ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިފްތިތާޙްކޮށްފި

ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިޚާބްކޮށް، މިކޮމެޓީ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ނައިފަރު ކައުންސިލުން ބާއްވައިފިއެވެ. މިރަސްމިއްޔާތު ބޭއްވުނީ 2019 މާރޗް 04 ވަނަ ދުވަހުގެ 10:30 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ކުރިޔަށް އޮތް 3 އަހަރުދުވަހަށް އިންތިޚާބު ކުރެވުނު މި ކޮމެޓީއަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން

ނައިފަރު ކައުންސިލުން ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރ 2010/7 ގެ 110 ވަނަ މާއްދާގެ ދަށުން، މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ލާޒިމްކުރާ ބައްދަލުވުން، 2019 ފެބްރުއަރީ 28 ވަނަ ދުވަހުގެ ރޭ 21:00 ގައި، ނައިފަރު ކައުންސިލުން، ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ

އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުން

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އަތުގުޅާލުން ނައިފަރުގައިވެސް ބާއްވައިފިއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ދެކުނު އެޝިޔާ ސަރަޙައްދަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާގެ ހަނދާން އާކުރުމަށް ރާއްޖޭގައި ކޮންމެ އަހަރަކު މިދުވަސް “އެއްބައިވަންތަ ކަމުގެ ދުވަސް”ގެ ގޮތުގައި ފާހަގަ ކުރުމަށް އެކި އަހަރު އެކި

މަސްވެރިންގެ ދުވަސް ނައިފަރުގައި ފާހަގަކޮށްފި

ނައިފަރުގައި 2017 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ރަށުފެންވަރުގައި ފާހަގަކޮށްފިއެވެ. އެގޮތުން 2017 އޮކްޓޯބަރގެ ނިޔަލަށް ފެލިވަރަށް އެންމެ ގިނައިން މަސްކިރާފައިވާ ނައިފަރުގެ ދޯންޏަށް ދެވުނު އެވޯޑުގެ އިތުރުން މަސްވެރިން އަމިއްލައަށް ނަން ހުށަހަޅައިގެން ވާދަކުރާގޮތަށް އެކި މަޤާމްތަކަށް އެވޯރޑް ދެވުނެވެ. އެވޯޑް ދެވުނު މަޤާމް ތަކުގެ ތެރޭގައި އެންމެ ގިނަ ދުވަސްވީ މަސްވެރިޔާ

ޅ. ފާދޫ ކަނދުފަތި އަލުން ހަރުކޮށްދިނުމަށް އެދި ފިޝަރީޒް މިނިސްޓްރީއަށް ދަންނަވައިފި

ޅ. އަތޮޅު ފާދޫ ކައިރީގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހަރުކޮށްދެއްވާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފައިވާ ކަމުގެ މަޢުލޫމާތު މަސްވެރިންގެ ފަރާތުން ލިބުމާއިއެކު، އެކަނދުފަތި އަލުން ހަރުކޮށްދެއްވުން އެދި އެމިނިސްޓްރީގައި، ނައިފަރު ކައުންސިލުގެ ފަރާތުން ދަންނަވައިފިއެވެ. ނައިފަރު ކައުންސިލުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ފޮނުއްވި ސިޓީގައި މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް

ވިއްސާރަވެ ފެންބޮޑުވި ސަރަޙައްދުގައި ސަލާމަތީ ބާރުތަކުން ޙަރަކާތްތެރިވެ އެހީތެރިވެދީފި

  27 ނޮވެމްބަރ 2017 ވަނަ ދުވަހުގެރޭ ދަންވަރު ކުރި ބޯ ވިއްސާރައިގަ ނައިފަރުގައި ފެންބޮޑުވި ސަރަޙައްދުގައި ނައިފަރު ފަޔަރ ސްޓޭޝަނާއި ނައިފަރު ޕޮލިސް ސްޓޭޝަނުން ޙަރަކާތްތެރިވެ އެހީތެރިވެދީފިއެވެ. ނައިފަރުގައި މަތީ ސާނަވީއާއި ހަމައަށް ކިޔަވައިދެމުން އަންނަ މަދުރަސަތުލް އިފްތިތާޙުގެ ދެކުނުން، ވަޠަނިއްޔާ އެންޓަނާ ހުންނަ ސަރަޙައްދުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެ ގެއްލުން ވަމުންދާކަމުގެ

އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނައިފަރު ކައުންސިލާއި ފާދިއްޕޮޅު އަތޮޅު ކައުންސިލް ގުޅިގެން ނައިފަރުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުން ރޭ ބާއްވައިފިއެވެ. ފިރިހެން 8 ޓީމާއި އަންހެން 4 ޓީމު ބައިވެރިވާ މި މުބާރާތުގެ ގުރުއަތުލުން ބޭއްވީ މަދުރަސަތުލް އިފްތިތާޙްގެ

“އިންޓަރ އޮފީސް ފުޓްސަލް މުބާރާތް” ޖުމްހޫރީ ދުވަހު ފެށޭނެ

ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނައިފަރު ކައުންސިލާއި ފާދިއްޕޮޅު އަތޮޅު ކައުންސިލް ގުޅިގެން ނައިފަރުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަށް ކުރިމަތިލާފައިވާ ޓީމްތަކުގެ މެދުގައި ގުރުއަތުލުން މާދަމާ (9 ނޮވެމްބަރ 2017) ރޭ 21:30 ގައި އެމް.ޕީ.ބީގައި އޮންނާނެއެވެ. މުބާރާތް ކުރިއަށް ދާނީ