ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ވޯކްޝޮޕްގައި ނައިފަރު ކައުންސިލުން ބައިވެރިވެއްޖެ
Gender equality action plan workshop gai Naifaru Council inn baiveri vejje
2 years ago
-
ޤާނޫނު ނަމްބަރު 2016/18 (ޖެންޑަރ އިކުއަލިޓީ ޤާނޫނު) ގެ ދަށުން އެކުލަވާލެވިފައިވާ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ގޮތުން، މިނިސްޓްރީއޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އަތޮޅުތަކުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ކުރިއަށްގެންދާ ސެންސިޓައިޒޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން "ޓްރެއިނިންގ އޮން ޖެންޑަރ ސެންސަޓައިޒޭޝަން އެންޑް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ފޯރ ޅަވިޔަނި ސްޓޭކްހޯލްޑާސް" މިނަމުގައި 30 އޭޕްރީލް 2022 ވަނަ ދުވަހު ނައިފަރުގައި ބޭއްވުނު ވޯކްޝޮޕްގައި ނައިފަރު ކައުންސިލުން ބައިވެރިވެއްޖެއެވެ.
މިވޯކްޝޮޕްގައި ފާދިއްޕޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ފަރާތުން މަޢްލޫމާތު ފޯރުކޮށްދީފައިވަނީ މިންތީގެ މަފްހޫމްތަކާއި، ދިވެހިރާއްޖޭގައި އަންހެނުންގެ ޙާލަތާގުޅޭ ތަފާސް ހިސާބާއި، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންއާއި، ގެވެށި ގުޅުން ކެމްޕެއިނާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ޅ. ނައިފަރު ޕްލިސް ސްޓޭޝަންގެ ފަރާތުން ސައިބަރ ކްރައިމްއާއި ގުޅޭ ސެޝަންއަކާއި، އެފް.ސީ.ޕީ.ޖީގެ ފަރާތުން ޖެންޑަރ އިކުއަލިޓީ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭ ޤާނޫނުތަކާ ގުޅޭގޮތުން ބައިވެރިން އަހުލުވެރިކުރުވުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އޮންލައިން ސެޝަންއެއްވެސް ކުރިއަށް ގެންދެވުނެވެ.
1 ދުވަހުގެ މުއްދަތަށް ހިންގުނު މި ވޯކްޝޮޕް އިންތިޒާމްކޮށް ކުރިއަށް ގެންދެވިފައިވަނީ ފާދިއްޕޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުން އިސްނަގައިގެން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނާއި ގުޅިގެންނެވެ.
ނައިފަރުގެ ކައުންސލްގެ އިތުރުން ނައިފަރު އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ޅ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ކަމާ ގުޅުންހުރި އިދާރާތުގެ މެންބަރުން ބައިވެރިވިއެވެ.