އިފްތިތާޙް ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ނައިފަރު ކައުންސިލް އިދާރާއަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދައިފި

އިފްތިތާޙް ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގައި ކިޔަވާ 170 ދަރިވަރުން މިއަދު (12 އޮކްޓޯބަރ 2017) ގައި ނައިފަރު ކައުންސިލް އިދާރާއަށް ޒިޔާރަތްކޮށް އިދާރާގެ ކަންތައްތަކާއި ބެހޭ މަޢުލޫމާތު ހޯދައިފިއެވެ. ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށް އެކި ގްރޫޕްތަކަށް ބަހާލައިގެން ދަރިވަރުން އައުމުން ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ކައުންސިލަރުން ވަނީ އެކުދިންނަށް މަރުޙަބާ ކިޔައި އެކުދިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އެގޮތުން ކައުންސިލް އިދާރާގައި ބޭނުންކުރާ ބައެއް އިދާރީ މެޝިނަރީޒްއާއި ދެވޭ ޚިދުމަތްތަކުގެ ތެރެއިން އައި.ޑީ ކާޑު ހަދައިދިނުމުގެ ޕްރޮސެސް ހިނގާ ގޮތް އެކުދިންނަށް ދައްކާލެވުނެވެ.

މި ޒިޔާރަތަކީ އެކުދިންގެ ތަޢުލީމީ މަންހަޖުގައި ހިމެނޭ “މައި އައިލެންޑް” މަޢުލޫގެ ދަށުން ރަށުގައި ހުންނަ މުޙިއްމު ތަންތަނާއި ބެހޭ މަޢުލޫމާތު ހޯދާ ދެނެގަތުމަށް ކުރި ޒިޔާރަތެކެވެ.

ކައުންސިލް އިދާރާގައި ބޭނުންކުރާ ބައެއް އިދާރީ މެޝިނަރީޒްއާއި ދެވޭ ޚިދުމަތްތަކުގެ ތެރެއިން އައި.ޑީ ކާޑު ހަދައިދިނުމުގެ ޕްރޮސެސް ހިނގާ ގޮތް އެކުދިންނަށް ދައްކާލެވުނެވެ.

ދަރިވަރުން އައުމުން ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ކައުންސިލަރުން ވަނީ އެކުދިންނަށް މަރުޙަބާ ކިޔައި އެކުދިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީފައެވެ.