“އިންޓަރ އޮފީސް ފުޓްސަލް މުބާރާތް” ޖުމްހޫރީ ދުވަހު ފެށޭނެ

ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނައިފަރު ކައުންސިލާއި ފާދިއްޕޮޅު އަތޮޅު ކައުންސިލް ގުޅިގެން ނައިފަރުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަށް ކުރިމަތިލާފައިވާ ޓީމްތަކުގެ މެދުގައި ގުރުއަތުލުން މާދަމާ (9 ނޮވެމްބަރ 2017) ރޭ 21:30 ގައި އެމް.ޕީ.ބީގައި އޮންނާނެއެވެ. މުބާރާތް ކުރިއަށް ދާނީ ނައިފަރު ފުޓްސަލް ދަނޑުގައެވެ.

ޖުމްހޫރީ ދުވަހު (11 ނޮވެމްބަރ 2017) ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކައުންސިލްގެ ޚާއްޞަ ދަޢުވަތަކަށް، ނައިފަރުގެ ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ގެ ޓީމެއް ވެސް ބައިވެރިވެއެވެ. މި މުބާރާތުގައި އެފް.އެފް.ސީއާއި ސަރުކާރުގެ މުއައްސަސާތަކުން ފިރިހެން 8 ޓީމާއި އަންހެން 4 ޓީމު ބައިވެރިވެއެވެ.