ޅ. އަތޮޅު ފާދޫ ކައިރީގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހަރުކޮށްދެއްވާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފައިވާ ކަމުގެ މަޢުލޫމާތު މަސްވެރިންގެ ފަރާތުން ލިބުމާއިއެކު، އެކަނދުފަތި އަލުން ހަރުކޮށްދެއްވުން އެދި އެމިނިސްޓްރީގައި، ނައިފަރު ކައުންސިލުގެ ފަރާތުން ދަންނަވައިފިއެވެ.
ނައިފަރު ކައުންސިލުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ފޮނުއްވި ސިޓީގައި މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވާތީ، ކަނދުފަތި ހަރުކޮށްދިނުމުގެ މަސައްކަތް ވީހައިވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް އެދިފައި ވެއެވެ.