ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/07 ގެ 23 ވަނަމާއްދާގައި ރަށު ކައުންސިލްގެ މަސްއޫލިއްޔަތާއި ބާރުތައް ކަމުގައި ބުނެ ކަނޑައަޅާފައިވާ ކަންތައްތައް ބަޔާންކޮށްފައި އެވަނީ އެވެ.
- ދިމިޤްރާތީ އަދި ޖަވާބުދާރީ ވަނިވިއުޞޫލުތަކުގެ މަތީން ކަންކަން ހިންގުން.
- އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމާއި، މުޖުތަމަޢުގެ ތަރައްޤީއަށް ބާރުއެޅުން.
- ޞިއްޙަތަށްރަގަނޅު، ރައްކާތެރި، ދިރޭތަކެތީގެ މުއްސަނދިކަން ރައްކާތެރިކުރެވޭ ތިމާވެއްޓެއް ޤާއިމްކޮށްފައި ބޭއްވުމަށް ބާރުއެޅުން.
- ޤާނޫނުން ކަނޑައަޅާ މިނޫންވެސް މަޤްޞަދުތައް ޙާޞިލްކުރުމަށް މަސައްކަތްކުރުން.
- ޤާނޫނު އަސާސީ އާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށްހިންގައިރ ަށްތަރައްޤީކޮށް، މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
- ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލާވާލައި، އެކުލަވާލެވޭޕްލޭން އަތޮޅުކައުންސިލަށް ފޮނުވުން .
- ރަށުކައުންސިލުން އެކުލަވާލައި އަތޮޅުކައުންސިލަށް ފޮނުވާތަރައްޤީގެ ޕްލޭނަށްރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝަރޫޢުތަކުގެތެރެއިން ރަށުކައުންސިލުން ތަންފީޛުކުރުމަށް ރަށުކައުންސިލާ ސަރުކާރުންޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޛުކުރުން.
- ތަރައްޤީގެއެކިއެކިމަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅުކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުމުގައި އަތޮޅުކައުންސިލަށް ޖަވާބުދާރީވެ، މިނިސްޓްރީތަކުންނާއި އަތޮޅުކައުންސިލުން ކަނޑައަޅާ ގޮތަކަށް ޤަވާޢިދުން ރިޕޯރޓް ހުށަހެޅުން.
- ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށުކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އަކަށައަޅައި އެއާގުޅޭ ޤަވާޢިދު ހަދައި ހިންގުން.
- ލާމަރުކަޒީ ޤާނުނުގެ ދަށުން ރަށުކައުންސިލަށް ލިބިދީފައިވާބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށުގެރައްޔިތުންގެ ނަމުގައި ނިންމަންޖެހޭކަންކަން ނިންމުން.
- ރަށުގެރައްޔިތުންގެމާލިއްޔަތާއި އެންމެހާ ވަޞީލަތްތައް ބެލެހެއްޓުން.
- ދިވެހިރާއްޖެގެ ބިމާބެހޭޤާނޫނާއި އެހެނިހެން ޤާނޫނުތަކާއި އެއްގޮތް ވާގޮތުގެމަތިން އިޤްތިޞާދީ ނުވަތަ އިޖްތިމާޢީބޭނުންތަކަށް ކައުންސިލްގެނަމުގައި ބިންބިމާއި ފަޅާއި ފަރުހޯދުމާއި މިލްކުކުރުމާއި އަދި މިފަދަތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމައި، އަދި މިފަދަތަންތަނުގައި އިންވެސްޓްކުރުމާއި، މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
- އަތޮޅުކައުންސިލްގެލަފަޔާއި އިރުޝާދުގެމަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާއި ޙަވާލުކޮށްފައިވާ ފަޅާއި ބިން އެކިއެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި، ދިނުން.
- އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެނަމުގައި އުފުލޭއަދިނުއުފުލޭ މުދާހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުގައިވާ ގޮތުގެމަތިން އެހެންފަރާތް ފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
- ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާފައިސާހޯދުމަށް ޤާނޫނުގައި ކަނޑައާޅާފައިވާ ޙުދޫދުގެތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާނެގުމާއި އެފަދަ ދަރަނި ތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި، މަޞްލަޙަތުތަކާއި، މިލްކިއްޔާތުތައް ދަރަނި ދޫކުރާފަރާތްތަކަށް ހުށަހެލުމާއި ތަފާތު އެކިކަންކަމަށް ފަންޑު އުފެއްދުން.
- ކައުންސިލްގެ މެމްބަރުން ބަދަލުވާޙާލަތްތަކުގަޔާއި ކައުންސިލް ނަންބަދަލުވާޙާލަތްތަކުގައި ކުރީގެ ކައުންސިލުންކޮށްފައިވަ ކަންކަމަށްޒިންމާއުފުލުން.
- ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް ލާމަރުކަޒީ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން އަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަތަންނަން ނެގުން.
- ކައުންސިލްގެބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި ޕާރކްފަދަ ޢާއްމު ތަންތަނަށް ނަންދިނުމާއި ނަން ބަދަލުކުރުން.
- ރަށުގެމަގާއި ޕާރްކްތަކާއި މައިދާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދުކުރުން.
- ރަށުގައިހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- ލާމަރުކަޒީ ޤާނޫނުގައިބުނެފައިވާ ރިޕޯރޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކައުންސިލަށް ނިސްބަތްވާ ސިއްކަސަރުކާރުގެކަމާބެހޭ އިދާރާގައި ރަޖިސްޓްރީކުރުމަށްފަހު ބޭނުންކުރުން.
- ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަރާއި، ފަޅުފަދަ ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.
- ރަށުގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަންކުރުން.
- ކައުންސިލްގެ އިޙްތިސާސް ގެތެރޭގައި ހިމެނޭކަންކަމާ ގުޅިގެން ނުވަތަ ކައުންސިލްގެ ދާއިރާގައި އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތު ކުރެވޭނަމަ އެކަމެއް ތަޙުޤީގުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
- ރަށުކައުންސިލް ގެއިދާރާހިންގުން.
- ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.