Ministry of Islamic affairs ge faraathun Lhaviyani Atholhah amaazukohgen dheenee heyluntherikan ithuru kurumuge program eh hingaifi

މިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން ޅ. އަތޮޅަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

Ministry of Islamic affairs ge faraathun Lhaviyani Atholhah amaazukohgen dheenee heyluntherikan ithuru kurumuge program eh hingaifi

2 years ago

-

ނައިފަރު ކައުންސިލާއި، ޅ. އަތޮޅު ކައުންސިލް އަދި މަދްރަސަތުލް އިފްތިތާޙާއި މިނިސްޓްރީއޮފް އިސްލާމިކް އެފެއަރޒް ގުޅިގެން އަތޮޅު ތެރޭގެ ރައްޔިތުންނަށް އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށްގެންދާ އަތޮޅު ދަރުސް ޕްރޮގްރާމްގެ ދަށުން ޅ. އަތޮޅު ރައްޔިތުންނަށް ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމެއް 2022 ފެބުރުވަރީ 27 ވަނަ ދުވަހު ނައިފަރުގައި ވަނީ ކުރިއަށް ގެންދެވިފައެވެ.

ތަފާތު ގިންތިތަކަށް އަމާޒުކޮށްގެން ޖުމްލަ 5 ސެޝަން އަކަށް ބަހާލެވިގެން ކުރިއަށް ގެންދެވުނު މި ދަރުސް ޕްރޮގްރާމްގެ ދަށުން ސްކޫލް ދަރިވަރުންނަށް ޚާއްޞަކުރެވިގެން ގްރޭޑް 7ން މަތީގެ ދަރިވަރުންނަށް "މަޤާޞިދުއް ޝަރީޢާ" ގެ ނަމުގައި ވަނީ ދަރުހެއް ކުރިއަށް ގެންދެވިފައެވެ. އަދި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން "މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ޙައްޤުތައް، ދަރީންގެ މައްޗަށްވާ މައިންބަފައިންގެ ޙައްޤުތައް  މި މަޢުޟޫއަށް އަލި އަޅުވާލައި ދަރުހެއް ވަނީ ކުރިއަށް ގެންދެވިފައެވެ. އަދި މުދައްރިސުންނަށް ޚާއްޞަކޮށް ޞަބްޢުލް މޫބިޤާތުގެ މައްޗަށް އަލިއަޅުވާލައިގެން ވަނީ ދަރުހެއް ކުރިއަށް ގެންދެވިފައެވެ. އަދި މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މުޖުތަމަޢު ބިނާކުރުމުގައި އިސްލާމްދީނުގެ ދައުރުގެ މައްޗަށް ވަނީ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ. މީގެ އިތުރުން، " މާތްﷲ އަށާއި ކީރިތި ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤުތައް" މި މައުޟޫޢުގެ މައްޗަށްވަނީ މިސްކިތުގައި އާއްމުންނަށް ހުޅުވާލެވިގެން ބޭއްވުނު ދަރުހެއްވެސް ކުރިއަށް ގެންދެވިފައެވެ..

1 ދުވަހުގެ މުއްދަތަށް ނައިފަރުގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ރާއްޖޭގެ މަޝްޙޫރު ޢިލްމުވެރިން ކަމުގައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޘް  އައްޝައިޚް އަޙްމަދު ފަހުމީ ދީދީ އާއި އައްޝައިޚް ޙަސަން ތައުފީޤެވެ. 

ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ އިތުރު ޕްރޮގްރާމްތަކާއި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ނައިފަރު ކައުންސިލުންވަނީ ރާވާފައެވެ.